IBRAHIM AHMED

Ibrahim Ahmed didi

އިބްރާހީމް ދީދީ

( 1930)-އިބްރާހީމް އަހުމަދު ދީދީ

އަކީ ދިވެހި ތާރީޚް ދުށް އަދި ދިރާސާ ކުރައްވާބޭފުޅެއް އެބޭފުޅާ އަކީ މީދޫގެ އެންމެބޮޑު އެއް އާއިލާ އަށް ނިސްބަތްވާ ބޭފުޅެކެވެ

އާއިލާ
_______________
އިބްރާހިމްދީދީ އުފަންވެވަޑައިގަތީ މީލާދީ ސަނަތުން 1932 ވަނަ އަހަރުގެ އޮކްޓޫބަރ މަހު 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑުއަތޮޅު މީދޫއަށެވެ. އެއީ ހިޖުރީ ގޮތުންނަމަ 1351 ވަނައަހަރު ޖުމާދިލްއާޚިރާ މަހު 27 ވަނަ ދުވަހެވެ. އިބްރާހިމްދީދީ އަކީ މީދޫ ގަނޑުވަރު އަހައްމާއިދީ، ފާތުމާ މަނިކުފާނާއި ކާވެނި ބައްލަވައިގެން ލިބިވަޑައިގަތް ހަސަންދީދީ، ބޮނޑައްބީގެ ދިޔަގެ އާމިނާ މަނިކުފާނާއި ކާވެނި ބައްލަވައިގެން ލިބިވަޑައިގަތް އަހުމަދުދީދީ، ހައްވާ ރަނިއަގެ ދިޔައާއި (އައިޝާފާނާއި) ކާވެނިބައްލަވައިގެން ލިބިވަޑައިގަތް ބޭކަލެކެވެ. ގަނޑުވަރު އަހައްމާއިދީ ކާވެނި ބައްލަވައިގަތް ފާތުމާ މަނިކުފާނު އާއިލީ ގޮތުން ގުޅިވަޑައިގެންފައި ވަނީ ދިހަވަނަ ހަސަން ރަސްގެފާނުންގެ އިބްރާހިމް މަނިކުފާނުންގެ ހަސަން މަނިކުފާނުންގެ މުހުއްމަދު މަނިކުފާނުންގެ ރަހާގެ ހުސެން މަނިކުފާނާއިއެވެ. އެހެންކަމުން އިބްރަހިމްދީދީއަކީ އާއިލީގޮތުން، އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅާއި ގުޅިފައިވާ ބޭފުޅެކެވެ. އިސްދޫ ދަރިކޮޅާއި ގުޅިފައިވަނީ ގަނޑުވަރު އަހުމަދުދީދީގެ މަންމާފުޅުގެ (ކިލެގެފާނުންގެ އާއިޝާފާނު) ފަރާތުންނެވެ. އެއީ ހާޖީ ބަންޑާރައިންގެ ކިލެގެފާނުންގެ އާއިޝާ ދީދއެވެ. އިބްރާހިމްދީދީގެ އާއިލާއަކީ މީދޫގެ ދަރިކޮޅު ފޮތުން އެނގޭގޮތުން މީދޫގެ މޫލަވެރި ދަރިކޮޅެވެ. އެއީ ހެނެއިކަމަނާރު ދޮންޔޫސުފުގެ، އުމަރުތަކުރުގެ، ހަސަން މަނިކާގެ، މުހައްމަދު ހަތީބު މަނިކާގެ ފާތުމާބީގެ ހައްވާބީގެ އާއިޝާފާނުން (ހައްވާ ރަނިޔަގެ ދިޔަ)ނަކީ އިބްރާހިމްދީދީގެ މަންމާފުޅު ކަމަށްވީތީއެވެ. އިބްރާހިމްދީދީއަކީ މީދޫގެ ޝަރަފުވެރި އާއިލާއަކަށް ނިސްބަތް ވެވަޑައިގަންނަވާ ބޭކަލެކެވެ. އޭނާއަކީ މިދެންނެވި ގަނޑުވަރު އަހައްމާއިދީގެ ހަސަން ދީދީގެ އަހައްމާއިދީ އާއި ހައްވާ ރަނިޔަގެ ދިޔަ އަށް ލިބިވަޑައިގަތް ހަތަރު ކުދިންގެ ތެރެއިން ދެވަނަ ބޭފުޅާއެވެ.


އިބްރާހީމް ދީދީގެ ހަޔާތް
__________________________

ގުރުއާން ކިޔެވީ މުޙައްމަދު ނަޖީބު އަރިހުންނެވެ. އިބްތިދާއީ ތަޢުލީމް ހާސިލް ކުރީ މަދުރަސަތުލް ހިދާޔާ އިންނާއި މާލޭ މަދުރަސަތުލް ޙަމީދިއްޔާ އިންނެވެދިރިއުޅުމަށްޓަކައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ.އިގިރޭސިން ގަމުގައި ތިބި ދުވަސްވަރު އެތަނުގެ މަސައްކަތްކޮށްފައި ވެއެވެ މީގެ އިތުރަށް އިބްރާހީމް ދީދީ އަކީ ވަޑާން ކުރާމީހެކެވެމިސްކިތު މުދިމެއްގެ ގޮތުގައި ދިހަ އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު މިހާރުވަނީ ރިޓަޔަރ ކުރެވިފައެވެއިބްރާހީމް އަޙްމަދު ދީދީ ދިވެހި ތާރީޚާއި ބެހޭ ލިޔުންތައް ހޯދާ ދިރާސާތައް ކުރަމުން އަންނަތާ މިހާރު 15 އަހަރަށް ވުރެ ގިނަވެދާނެއެވެ ތާރީޚީގޮތުން މައިގަޑު ހޯދުންތައް ހޯދާފައިވަނީ މީދޫ އާއި މީދޫގެ ޢާއިލާ ތަކާއި ހުޅުދޫ އާއި ހުޅުދޫގެ ޢާއިލާތަކާއިބެހޭގޮތުންނެވެ މީނާގެ ހޯދުންތައް އަލްމަރްޙޫމް މުޙައްމަދު ލުޠުފީ އާއި އަލްމަރުޙޫމް ޢަބްދުﷲ ޒަމީރު އާއި ހިއްސާކޮށްފައިވެއެވެ ކޯގަންނު ޤަބުރުސްތާނަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންނާއި ފަތުރުވެރިންނަށް ޤަބުރުސްތާނުގައިހުންނަ ދުވަސްވީ މަހާނަގާތަކުގައިވާ ލިޔުންތައް އޮޅުންފިލުވާ ދެއްވުމަކީ މީނާ ވަރަށް ޝައުގު ވެރިކަމާއި އެކު ކުރަމުން އަންނަ ކަމެކެވެ.

އިބްރާހީމް ދީދީގެ އަށް 10 ދަރިކަލުންނާއި ދަރިކަނބަލުން ލިބިވަޑައިގަތެވެ އޭގެތެރޭގައި ދުނިޔޭގައިތިބީ 8 ދަރިންނެވެ

އިބްރާހީމް ދީދީގެ 80 އަށްވުރެ ގިނަ .ކާފަ،މުނިކާފަ،މުނިމުނިކާފަ ދަރިން ލިބިފައި އެބަތިއްބެވެ.

Leave a comment

Design a site like this with WordPress.com
Get started